Responsibilities

މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާ (ތަޢުލީމީ ޤާނޫނުގައި)

ކުޑަކުދިންނަށް އުނގަންނައިދިނުމާ ގުޅޭގޮތުން މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަޖުބޫރު ތަޢުލީމު ލިބެންޖެހޭ ޢުމުރުގެ ކުދިން ސްކޫލަށް ވެއްދުމާއި ގަވާއިދުން ކުދިން ސްކޫލަށް ފޮނުވުން؛

(ށ) ސްކޫލަށް ދާއިރު ކުއްޖާ ހުންނަނީ ރަނގަޅު ކާނާ ލިބި، ދުޅަހެޔޮ ޞިއްޙަތެއްގައިކަމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތުން، ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުން؛

(ނ)ކުދިންގެ ކިޔެވުމާގުޅޭ ކަންކަމުގައި އެކުދިންގެ މުދައްރިސުންނާއި ސްކޫލަށް އެއްބާރުލުން ދިނުން؛ އަދި

(ރ) ކުޑަކުދިންނަކީ ހީވާގި ބަޔަކަށް ހެދުމަށާއި މުޖުތަމަޢުގައި ޒިންމާދާރު ބަޔަކަށްވުމަށް ހިތްވަރުދީ، އެކަމަށް ބާރު އެޅުމާއި، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ އަދި އަޚުލާޤު ރަނގަޅު ބައެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުން.

5 .މަންހަޖު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތާއި ޒިންމާ (7.35 ބެލެނިވެރިންގެ ޒިންމާ)

ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި ދަރިވަރުންނާމެދު މައިންބަފައިން ޤަބޫލުކުރަންވާނީ އަދި ދަރިވަރުންނަށް އިޙުސާސްކޮށްދޭންވާނީ ދަރިވަރުންނަށް ނަތީޖާ ޙާޞިލު ކުރެވޭނެ ކަމަށެވެ. ބެލެނިވެރިން މިގޮތަށް ޤަބޫލުކުރުމުން ބެލެނިވެރިން އެދޭފަދަ ބަޔަކަށްވުމަށް ދަރިވަރުންނަށް ހިތްވަރު ލިބޭނެއެވެ. އަދި ވީވަރަކުން ބެލެނިވެރިން ދަރިވަރުންނާއެކު އުނގެނުމުގެ މަސައްކަތުގައި ބައިވެރިވެ، ކިޔެވުމަށް ފަސޭހަ މާޙައުލެއް އުފެއްދުމަށް މަސައްކަތް ކުރަންވާނެއެވެ. އުނގެނުމުގައި ދަރިވަރުން ކުރިއަށްދާ މިންވަރު ގާތުންބަލައި އެކަން ރަނގަޅަށް ދެނެގަތުމަށްޓަކައި ސްކޫލާއެކު ބަދަހި ގުޅުމެއް ބާއްވަންވާނެއެވެ.ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި ބެލެނިވެރިންގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.